ކުޅިވަރު

ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރަކަށް ކްރޮސް ރޯޑްސް ހަމަޖައްސައިފި


މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ކްރޮސް ރޯޑްސް ހަމަޖައްސައިފިއެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ކްރޮސް ރޯޑްސް ހަމަޖައްސާފައިވަނީ އެކަމަށްޓަކައި ގަލޮޅު ބޯލަ ދަނޑުގެ ވީއަޕީ ރޫމްގަ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފެވެ. އަދި ކްރޮސް ރޯޑްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޓޮލްގާ އުނާންއެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މިނިސްޓަރު މަހުލޫފް ވިދާޅުވީ ކްރޮސްރޯޑްސްއާއެކު މި އިވެންޓްގައި ބައިވެރިވުމަކީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަށް އިތުރު ފުރިހަމަކަމެއް ގެނުވާކަމެއްކަމަށާއި އަދި މިނިސްޓްރީން ކުރާ މަސައްކަތްތަކުގައި ކްރޮސްރޯޑްސްގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމަށް ގަބޫލް ކުރާކަމަށް މަހުލޫފް ވިދާޅުވިއެވެ. މިއިވެންޓްގައި ބައިވެރިވުމަށް ކުޅިވަރުގައި ފާހަގަކޮށްލެވޭ ގިނަ މަޝްހޫރު ފަރާތްތަކެއް ބައިވެރިކުރުމަށްވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ވިދާޅުވީ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ކްރޮސް ރޯޑްސް ހަމަޖެހިގެން ދިއުމާއެކު މިއިވެންޓަށް ރާއްޖެ ވަޑައިގަންނަވާ ފަރާތްކުގެ ތިބުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނީ ކްރޮސް ރޯޑްސްއިން ކަމަށެވެ.

"މިއީ ރާއްޖޭގެ ޓުއަރިޒަމް ކުރިއެރުވުމަށް ލިބޭ ވަރަށް ރަގަނޅު ފުރުސަތެއް، ސްޕޯޓްސް ޓުއަރިޒަމް ފާހަގަކޮށްލެވޭ. ލަފާ މިކުރަނީ 15 ވަރަކަށް ކުޅިވަރާއި ގުޅުން ހުރި ފަރާތެއް މި އެވޯޑަށް އަންނާނެ ކަމަށް. މި ހުރިހާ ބޭފުޅުންގެ ހުރިހާ ކަމެއް ހަމަޖައްސާނީ ކްރޮސްރޯޑްސްއިން. މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

ކްރޮސްރޯޑްސްގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ ވިދާޅުވީ ރާއްޖެ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅިވަރު އިވެންޓްތައް ބޭއްވޭނެ ތަނެއް ކަމަށެވެ. މިފަދަ އިވެންޓްތައް ރާއްޖޭގައި ބޭއްވުމަށް ކްރޮސް ރޯޑްއިން އަބަދުވެސް ތައްޔާރަށް އޮތްކަމަށާއި މިނިސްޓަރ އަހުމަދު މަހުލޫފްގެ ވިސްނުންފުޅާއެކު، ރާއްޖޭގައި ބޮޑެތި ކުޅިވަރު މުބާރާތްތައް ބޭއްވިދާނެކަމަށެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި 12 އެވޯޑެއް ދިނުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ. ސްޕޯޓްސް އެވޯޑްގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި އެތުލީޓް އޮފް ދަ އިޔަރ އެވޯޑް އަންހެން އަދި ފިރިހެން، ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފްދަ އިޔަރ އެވޯޑް އަންހެން، ފިރިހެން، ފެޑެރޭޝަން ނުވަތަ އެސޯސިއޭޝަން އޮފް ދަ އިޔަރ އެވޯޑް، ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑު، މީޑިއާ އޮފް ދަ އިޔަރ އިން ސްޕޯޓްސް ކަވަރޭޖް އެވޯޑް އޮންލައިން އަދި ބްރޯޑްކާސްޓިން ހިމެނެއެވެ. މީގެ އިތުރުން މިއެވޯޑްސްގައި ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް، އަންހެން އަދި ފިރިހެން، ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް، އަންހެން އަދި ފިރިހެން، ކޯޗް އޮފް ދަ އިޔަރ އެވޯޑް، އެންމެ އުއްމީދީ ޒުވާން ކުޅުންތެރިޔާގެ އެވޯޑްގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ބައި މިނިސްޓްރީ އޮފް ސްޕޯޓްސް ހިމެނެއެވެ.