ޚަބަރު

ޔުކްރޭނުން އައި ދަރިވަރުންނާއި މިނިސްޓަރ ބައްދަލުކުރައްވައިފި


ޔޫކްރެއިން އިން ރާއްޖެއައި ދިވެހި ދަރިވަރުންނާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަބްރާހިމް ހަސަން ބައްދަލުކުރައްވައިފިއެވެ.

ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ޔޫކްރެއިންގައި ކިޔަވަން ތިބި ދަރިވަރުންގެ ރައްކާތެރި ހިސާބުތަކަށް ގެެންދިޔުމަށް ކުރި މަސައްކަތުން ޔޫކްރެއިންގައި ތާށިވެފައި ތިބި ހުރިހާ ދިވެހިންވަނީ އެ ޤައުމުން ނެރެފައެވެ.

ޔޫކްރެއިންގައި ތިބި ދަރިވަރުންގެ ތެރެއިން 42 ކުއްޖަކު ވަނީ މާލެ ގެނެސްފައެވެ. ބާކީ ތިބި ކުދިން މާދަމާ މާލެ އަންނާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ރާއްޖެ އައި ކުދިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަބްރާހިމް ހަސަން ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އަހައްމިއަޔަތުކަމެއް ދިނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށެވެ.

މި ކުދިން އަނބުރާ ގެނައުމުގައި ބޭންކް އޮފް މޯލްޑިވްސާއި ސަރުކާރުގެ ވުޒާރާތަކުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދަރިވަރުން ވެސް ވަނީ މިނިސްޓްރީން އެ ދަރިވަރުންނަށް ވެދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔޫކްރެއިންގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށިއިރު އެ ގައުމުގައި 51 ދަރިވަރުން ތިއްބެވެ. އޭގެ ތެރެއިން 30 ދަރިވަރުން ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެ ވަނީ އައިސްފައެވެ. ބާކީ ތިބި 21 ދަރިވަރުންގެ ތެރެއިން 15 ދަރިވަރުން މިދިޔަ ހޯމަ ދުވަހު ރާއްޖެ ވަނީ އައިސްފައެވެ. އަދި ބާކީ ތިބި 6 ދަރިވަރުންނާއި އާއިލާ މާދަމާ ރާއްޖެ އަންނާނެއެވެ.