ވިޔަފާރި

މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފި؛ ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާ


އެހެން އަހަރު ތަކެކޭ އެއްފަދައިން ބޮޑެތި އިނާމްތަކަކާއެކު މިއަހަރުގެ މިފްކޯ ރޯދަ ޕްރޮމޯޝަން އިފްތިތާޙުކޮށްފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިފްކޯގެ މާލޭގެ 2 ފިހާރަ، ހުޅުމާލެ، ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިހާރައިގައެވެ.

މި ޕްރޮމޯޝަން އިފްތިތާޙުކޮށްދެއްވީ މިފްކޯގެ ސީ.އީ.އޯ އިސްމާއިލް ފައުޒީއެވެ. މި ހަފްލާގައި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ޕްރޯމަންޝަންގައި ވާހަކަފުޅު ދައްކަމުން ސީ.އީ.އޯ، ވިދާޅުވެފައިވަނީ ދުނިޔޭގެ މަސްރަހުގައި ތެލުގެ އަގާއި އުފެއްދުމުގެ އަގުތައް ބަދަލްވަމުންދާ ދަނޑިވަޅުގައި މިފްކޯގެ އުފެއްދުންތަކުގެ އަގުތަކަށް ބަދަލްއައުމަކީ އެކަށީގްންވާ ކަމެއްކަމުގައެވެ. ނަމަވެސް މިފްކޯއިން އަބަދުވެސް މަސައްކަތްކުރަމުން މިދަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އަގުތައް އެއްމިންގަޑެއްގައި ހިފެހެއްޓުމަށް ކަމުގައެވެ.

މިޕްރޮމޯޝަންގައި 200 ރުފިޔާއިން މަތިން ކުރެވޭ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެއެވެ. މި ކޫޕަންގައިވާ ކިއުއާރް ކޯޑް ސްކޭން ކުރުމުން ލިބޭ ލިންކުގައި ކޫޕަން ކޯޑް ޖަހާލުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މިގޮތުން ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން 5000 ރުފިޔާގެ ބީއެމް އެލް ގިފްޓް ވައުޗަރ އެއް ލިބެއެވެ. އަދި މި ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުން ޕްރޮމޯޝަންގައި ބައިވެރިވި ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް އެއްލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.