ދުނިޔެ

ކައެސޮންގް ކާރުޚާނާގެ ސަލާމަތީ ކަންކަން ވަރުގަދަކުރަނީ


ދެކުނު ކޮރެއާއާއި އުތުރު ކޮރެއާ ގުޅިގެން ހިންގާ ކައިސޯންގް ކާރުޚާނާއަށް ވަންނަ މީހުން މަދުކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ދެކުނު ކޮރެއާގެ ސަރުކާރުން ހާމަކޮށްފިއެވެ.ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ހުންނަވައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު ޖިއޮންގް ޖޫން-ހީ ވިދާޅުވީ، ކާރުޚާނާއަށް ވަދެވޭނީ އެތަނަށް ކޮންމެހެން ބޭނުންވާ މީހުންނަށް އެކަނި ކަމަށެވެ. އަދި މިއީ ހުސްވި ހަފްތާގައި އުތުރު ކޮރެއާއިން ނިއުކްލިޔަރ ޓެސްޓެއް ކުރުމާއި ގުޅިގެން އެޅި ފިޔަވަޅެއް ކަމަށާއި ދެކުނު ކޮރެއާގެ ރައްޔިތުންގެ ސަލާމަތަށް އެޅި ފިޔަވަޅެއް ކަމަށެވެ.ދެކުނު ކޮރެއާ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، އެގައުމުގެ މި ފިޔަވަޅަށް ޢަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ. ދެޤައުމު ހިއްސާކުރާ ކައިސޯންގް ކާރުޚާނާ ޤާއިމުކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ. މި ކާރުޚާނާގައި މިހާރު އުތުރު ކޮރެއާގެ 53,000 ރައްޔިތުން މަސައްކަތް ކުރެއެވެ.