ޚަބަރު

ލަންކާގެ ގައުމީ ޓީމަށް ކުޅޭ ޑަކްސަން މާލޭގައި މަރުވެފައި އޮއްވާ ފެނިއްޖެ


ކްލަބް ވެލެންސިއާއަަށް ކުޅެމުން އަންނަ ސްރީ ލަންކާގެ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ މާލޭގައި ޑަކްސަން ދިރިއުޅޭ އެޕާޓްމަންޓުންނެވެ. ކުލަބް ވެލެންސިޔާގެ އޮފިޝަލަކުވަނީ އެކަން ޔަގީންވެސް ކޮށްދީފައެވެ. މި މައްސަލަ މިހާރުވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވެލެންސިއާއިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދި މެޗްގައި ޑަކްސަންއަށް އަނިޔާވެގެން ކުޅެފައެއް ނުވެއެވެ. ޑަކްސަން ކަކުލަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން މިއަދުގެ މެޗްގައި ނުކުޅުނުއިރު، އޭނާއަކީ ކުލަބް ވެލެންސިޔާ އަދި ސްރީލަންކާގެ ގައުމީ ޓީމްގެ މުހިންމު ކުޅުންތެރިއެކެވެ.

އުމުރުން 31 އަހަރުގެ ޑަކްސަންއަކީ ވަނީ މިދިޔަ އަހަރު ރާއްޖޭގައި ކުޅުނު ސާފް ޗެންޕިއަންޝިޕްއާއި ސްރީލަންކާގައި ކުރިއަށްދިޔަ މަހިދަރާޖަޕަކްސަ ޕޯނޭޝަންސް ކަޕްގައި ސްރީލަންކާގެ ގައުމީ ޓީމްގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިދިޔަ ސީޒަނުގައި ޑަކްސަން ކުޅުނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށެވެ. ޑަކްސަން ގައުމީ ޓީމަށް 14 މެޗު ކުޅެފައިވެއެވެ.