ޚަބަރު

ސިވިލް ސަރވިސް ކޮމިޝަނުން އައިއެމްއެފްއާއި ބައްދަލުކޮށްފި


ދިވެހި ސިވިލް ސަރވިސްއަށް ކުރިމަތިވަމުންދާ
ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރެއްވުމަށް
އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅޭގޮތުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފްގެ ވަފްދާއެކު ސިވިލް ސަރވިސް ކޮމިޝަނުން މަޝްވަރާކުރައްވައިފިއެވެ.


ދިވެހިރާއްޖޭގެ އިޤްތިސާދީ ޙާލަތު ބެއްލެވުމަށާއި އިޤްތިޞާދާއި
ގުޅޭ ދިރާސާއެއް ކުރެއްވުމަށްޓަކައި ރާއްޖެ ވަޑައިގެން
އުޅުއްވާ އައި.އެމް.އެފްގެ ވަފުދާ އެކު ސިވިލް ސަރވިސް ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އިޤްތިޞާދާ ގުޅުން ހުރި ދާއިރާތަކުގެ ތެރެއިން ސިވިލް ސަރވިސްއާއި ގުޅުންހުރި
ކަންކަމާ ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.



މިގޮތުން ސިވިލް ސަރވިސްއަށް ކުރިމަތިވަމުންދާ
ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރެއްވުމަށް
އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ގޮންޖެހުންތައް ޙައްލުކުރުމަށް ކުރިއަށް
ރާއްވަވާފައިވާ ކަންތައްތަކާއިމެދުވެސް މަޝްވަރާތަކުގައި
އަލިއަޅުއްވާލައްވާފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.



މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސާއި،
މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލުގެ އިތުރުން
ކޮމިޝަނުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނެވެ.



އައި.އެމް.އެފްގެ ފަރާތުން ރާއްޖެ ވަޑައިގެން
އުޅުއްވާ ވަފްދުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ޑެޕިއުޓީ ޗީފް
ޑިވިޝަން، އެލިސަން ސްޓުވަރޓްއެވެ.