މުނިފޫހިފިލުވުން

އައު "ބެޓްމޭން" ގެވެސް ސީކުއަލެއް


އަންނަ މަހު 4 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "ބެޓްމޭން" ގެ ސީކުއަލެއް އުފައްދާނެކަމަށް ފިލްމުގެ ޑައިރެކްޓަރު މެޓް ރީވްސް ބުނެފިއެވެ. ފިލްމުގެ ސްކްރީން ރިވިއު މިހާތަނަށް ވަރަށް ޕޮޒިޓިވް ވެފައިވާއިރު މި ފިލްމު ހިޓަކަށް ވާނެކަމަށްވެސް މިހާރު ޔަޤީނާ ގާތެވެ.

ހޮލީވުޑްގެ ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަނާ އެކު ގެނެސްދޭން ތައްޔާރު ވަމުން އަންނަ ސުޕަހީރޯ ފިލްމު "ދަ ބެޓްމޭން" ގެ ރަސްމީ ޓްރެއިލާ މިހާރު ވަނީ ދައްކާލާފައެވެ.

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން އެކި ފަހަރު މަތިން މަސައްކަތްތަކަށް ބުރޫއެރި މި ފިލްމުގެ ޓްރެއިލާ ދައްކާލާފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރުގައެވެ.

"ޓްވައިލައިޓް" ސާގާ އިން ވިދި 35 އަހަރުގެ އެކްޓަރު ރޮބާޓް ޕެޓިސަން ލީޑްރޯލުން ފެންނަ "ބެޓްމޭން" އަކީ 100 މިލިއަން ޑޮލަރުގެ ބަޖެޓްގެ ފިލްމެކެވެ. ޕެޓިސަންގެ އިތުރުން މި ފިލްމުގެ ކާސްޓްގައި ޒޯ ކްރަވިޒް، ޕޯލް ޑާނޯ، ޖެފްރީ ރައިޓް، ޖޯން ޓާޓަރޯ، އެންޑީ ސާކިސް، ކޮލިން ފެރެލް އަދި ޕީޓާ ސާޒްގާޑް ހިމެނެ އެވެ.