ޚަބަރު

މާލޭގެ 3 ފިހާރައަކުން ފެން ބިލު ދެއްކޭ ގޮތް ހަދައިފި


މާލޭ ވޯޓަރ އެންޑް ސްވަރޭޖް
ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީގެ ފެން ބިލް ދެއްކުމުގެ ޚިދުމަތް ދިނުމަށް މާލޭގެ
ހަތަރު ފިހާރައަކާއި އެކު އެއްބަސްވެއްޖެއެވެ.



މިއަދު މިވެވުނު އެއްބަސްވުމާއެކު
އެމް.ޑަބްލިއު.އެސް.ސީން ދެމުންދާ ފެނުގެ ޚިދުމަތުގެ ބިލްތަކަށް ފައިސާ
ބަލައިގަތުމަށް މި ފިހާރަ ތަކުގައި އެމް.ޑަބްލިއު.އެސް.ސީގެ ކައުންޓަރުތައް ޤާއިމް
ކުރެވިގެންދާނެއެވެ. ފެން ބިލް
ދެއްކުމަށް އަލަށް ހަމަޖެއްސި ފިހާރަތަކަކީ މުރަނގަ މަގުގައި ހުންނަ ޔޫ-ފޯން ފިހާރައާއި، ޖަނަވަރީ މަގުގައި ހުންނަ ބެލްސެލް
މޯލްޑިވްސް އާއި އެލް މޮބައިލް ބިލް ޕޭ ފިހާރައިގެ އިތުރުން،  މަޖީދީމަގުގައި ހުންނަ އެލް މޮބައިލް ތްރީ
ފިހާރައިންނެވެ.   



ޕާޓްނަރ ފިހާރަތަކާއެކު
އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި
އެމް.ޑަބް.ލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒްލް ރަޝީދު ފާހަގަކުރެއްވި
ގޮތުގައި އެމް.ޑަބްލިއު.އެސް.ސީގެ މައި އޮފީހުގެ އިތުރުން، ވެލާނާގޭގައި ހުންނަ
ޕޯސްޓް އޮފީހާއެކު މާލޭގެ ދެ ސަރަޙައްދެއްގައި މިހާރުވެސް ބިލް ދެއްކޭނެ
އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއަދު ވެވުނު
އެއްބަސްވުންތަކާއެކު، ކުރިއަށްއޮތް ހަފްތާގެ ތެރޭގައި އެ ފިހާރަތަކުން ފެން
ބިލަށް ފައިސާ ދެއްކިގެންދާނެ ކަމަށް ވިދާޅުވިއެވެ.