ކުޅިވަރު

ވެސްޓަރން އޭޝިއާ ޖޫނިއަރ ޗެމްޕިއަންޝިޕް ޖޫން މަހު ރާއްޖޭގައި


ވެސްޓަރން އޭޝިއާ ޖޫނިއަރ ޗެމްޕިއަންޝިޕް މިއަހަރުގެ ޖޫން މަހު ރާއްޖޭގައި ބާއްވާގޮތަށް ނިންމައިފިއެވެ. މިމުބާރާތް ރާއްޖޭގައި ކުރިއަށްދާނީ ޖޫން މަހުގެ 15 އިން 25އަށް އއ.އުކުޅަސް ކޮންވެންޝަން ސެންޓަރުގައެވެ. މިމުބާރާތަކީ ހުޅަނގު އޭޝިއާގެ ގައުމުތަކުން ވާދަކުރާ ޖޫނިއަރ އެންމެ ބޮޑު މުބާރާތެވެ.

ވެސްޓަރން އޭޝިއާ ޖޫނިއަރ ޗެމްޕިއަންޝިޕް މިމުބާރާތަކީ 18 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ 6 ކެޓަގަރީއަށެވެ. އެއީ 18 އަހަރުންދަށް، 16 އަހަރުންދަށް، 14 އަހަރުންދަށް، 12 އަހަރުންދަށް އަދި 10 އަހަރުންދަށާއި 8 އަހަރުންދަށެވެ. ކޮންމެ އުމުރުފުރާއެއްގައި ވާދަކުރާނީ ކޮންމެ ގައުމަކުން އަންހެން އަދި ފިރިހެން އެންމެ ކުޅުންތެރިއެކެވެ. މި މުބާރާތުގައި 26 ޗެސް ފެޑެރޭޝަކުން 350 ކުޅުންތެރިން ވާދަކުރާނެއެވެ. އެއީ ޕާކިސްތާން, ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް، ބޫޓާން، ދިވެހިރާއްޖެ، އިންޑިއާ، އަފްގާނިސްތާން، ތަޖިކިސްތާން، ކަޒަކިސްތާން، އުޒްބެކިސްތާން، ބަހްރެއިން، ލެބަނަން، އިރާން، އޮމާން، އިރާގް، ފަލަސްތީން، ޖޯޑަން، ގަތަރު، ކުވެއިތް، ސައުދީ އަރަބިއްޔާ، ސީރިއާ، ޔޫއޭއީ އަދި ޔަމަންއެވެ.

މިމުބާރާތް ކުރިއަށްދާނީ ތިން ފޯމެޓަކަށެވެ. އެއީ ރެޕިޑް، ކްލަސިކް އަދި ބްލިޓްޒް ބީޗް ޗެސް ފޯމެޓެވެ. 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގައިވަނީ ނެޝަނަލް ޗެސް އާކޭޑް ހުޅުވާފައެވެ. ނެޝަނަލް ޗެސް އާކޭޑް ހުޅުވުމުން މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ޗެސްގެ ގިނަ މުބާރާތަކެއް ބޭއްވުމުގެ ފުރުސަތު ވަނީ ލިބިފައެވެ.