ތަޢުލީމު

ހަނިމާދޫގައި އަލަށް ޢިމާރާތްކޮށްފައިވާ ސްކޫލްގެ ކިޔެވުން ފަށަނީ


ހދ. ހަނިމާދޫ ސްކޫލްގެ އާ ޢިމާރާތުގައި މިއަހަރުގެ ދިރާސީ އާ އަހަރާއެކު ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް އިސްމައިލް ވިދާޅުވީ މިހާރު ސްކޫލްގެ ވަށާފާރު ރާނައި ނިމިފައިވާ ކަމަށާއި، ސްކޫލްގެ ކްލާސް ރޫމްތައް ވެސް ކިޔެވެން ފެށެންވާއިރަށް ތައްޔާރުކޮށް ނިމިފައިވާކަމަށެވެ.މި ސްކޫލުގައި ގާތްގަޑަކަށް 24 ކުލާސްރޫމް ހުންނާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. ޖާގައިގެ ގޮތުން ބަލާއިރުވެސް މި ސްކޫލުގައި 900 އެއްހާ ކުދިންނަށް އެއްވެސް ދަތިކަމެއްނެތި ކިޔެވޭނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ސްކޫލް އިމާރާތް ކުރުމަށް 5.2 މިލިޔަށް ރުފިޔާ ޙަރަދު ވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.