ދުނިޔެ

ނިއުކްލިޔަރ ޓެސްޓަކީ ނުރައްކަލުން ދިފާޢުވުމަށް އެޅި ފިޔަވަޅެއް!


ހުސްވި ހަފްތާގައި އުތުރު ކޮރެއާއިން ކުރި ނިއުކްލިޔަރ ޓެސްޓަކީ އެމެރިކާގެ ފަރާތުން އެގައުމަށް ހުރި ނުރައްކާތަކާއި ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށް އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ވިދާޅުވެއްޖެއެވެ.މިދިޔަ ހަފްތާގައި އެގައުމުން ކުރި ހައިޑްރަޖަން ނިއުކްލިޔަރ ޓެސްޓަކީ ކޮރިއަން ޕެނިންސޫލާގެ ސަލާމަތާއި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެގައުމުން ކުރި ތަޖުރިބާއެއް ކަމަށް އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ވިދާޅުވެފައިވާ ކަމަށް އުތުރު ކޮރެއާގެ ގައުމީ ޓީވީއިން ބުނެއެވެ.މިފަދަ ތަޖުރިބާއެއް ކުރުމުގެ ހައްޤު މިނިވަން ކޮންމެ ޤައުމަކަށް ލިބިފައިވާ ކަމަށާއި މިއީ އެއްވެސް ފަރާތަަކަށް ފާޑު ކިއޭނެ ކަމެއް ނޫން ކަމަށް ވެސް އުތުރު ކޮރެއާގެ ޒަޢިމް ވިދާޅުވިއެވެ. ހުސްވި ހަފްތާގައި އުތުރު ކޮރެއާއިން ކުރި ނިއުކްލިޔަރ ޓެސްޓް އެމެރިކާ، ޖަޕާނު، ދެކުނު ކޮރެއާގެ އިތުރުން ޗައިނާއިން ވެސް ވަނީ ކުށްވެރިކޮށްފައެވެ.