ކުޅިވަރު

ދެވަނަ ޑިޝަންގައި ރޯޔަލް ބީސީ އާއި ސްޕާރޓަންސް މެޗް ކާމިޔާބުކޮށްފި


15ވަނަ ޤައުމީ ބާސެކްޓް ބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގައި ރޭ ކުޅުނު މެޗްތައް ރޯޔަލް ބާސްކެޓް ބޯލް ކުލަބާއި ސްޕާރޓަންސް ބާސްކެޓް ބޯލް ކުލަބުން ކާމިޔާބުކޮށްފިއެވެ. ދެވަނަ ޑިވިޝަންގައި ރޯޔަލް ބީސީއިން މެޗް ކާމުޔާބުކޮށްފައިވަނީ ވުލްސް ބާސްކެޓް ބޯލް ކުލަބާއި ވާދަކޮށް 80 ޕޮއިންޓް 67 ޕޮއިންޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގައި ޔީރަން ބާސްކެޓް ބޯލް ކުލަބުން އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ މުޙައްމަދު އިޝްހާގް އަހުމަދެވެ. އަދި ވުލްސް ބާސެކްޓް ބޯލް ކުލަބުން އެންމެ މޮޅު ކުޅުންދައްކާފައިވަނީ އިބްރާހިމް އައުޒަމެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޯޔަލް ބާސްކެޓް ބޯލް ކުލަބްގެ މުޙައްމަދު އިޝްހާގް އަހުމަދެވެ.

ސްޕާރޓަންސް ބާސްކެޓް ބޯލް ކުލަބުން މެޗް ކާމުޔާބުކޮށްފައިވަނީ ޔޫއެން ފްރެންޑްސްއާއި ވާދަކޮށް 86 ޕޮއިންޓް 64 ޕޮއިންޓުނެވެ. މިމެޗްގައި ސްޕާރޓަންސް ބާސްކެޓް ބޯލް ކުލަބުން އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ ޔޫސުފް ނަސީމެވެ. އަދި ޔޫއެން ފްރެންޑްސްއިން އެންމެ މޮޅު ކުޅުންދައްކާފައިވަނީ ސުއާދު ސައީދެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނި ސްޕާރޓަންސް ބާސްކެޓް ބޯލް ކުލަބުގެ ޔޫސުފް ނަސީމެވެ.

މިލީގްގެ ފުރަތަމަ ޑިވިޝަންގައި ރޭ ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ ކިންގްސް ބާސްކެޓް ބޯލް ކުލަބެވެ. މިމެޗް ކިންގްސް ކާމިޔާބުކޮށްފައިވަނީ ސްޓްރިންގާސް ބީސީއާއި ވާދަކޮށް 107 ޕޮއިންޓް 51 ޕޮއިންޓުންނެވެ. މިމެޗްގައި ސްޓްރިންގާސްއަށް އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ އިބްރާހީމް ނަސީމެވެ. އަދި ކިންގްސްއަށް އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ ބިދޭސީ ކުޅުންތެރިޔާ އާރޮން ޖޯންސްއެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ކިންގްސްގެ ބިދޭސީ ކުޅުންތެރިޔާ އާރޮން ޖޯންސްއެވެ.