ޚަބަރު

ހިންމަފުށީގައި ކުޑަކުދިންނަށް ޚާއްސަ ރިހެބިލިޓޭޝަން ސެންޓަރެއް !


ކުޑަކުދިންނަށް ޚާއްޞަ ޑްރަގް ޓްރީޓްމަންޓް
އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ހިންމަފުށީގައި އެޅުއްވުމަށް ނިންމަވައިފިއެވެ.  



ކުޑަކުދިންނަށް ފަރުވާދޭނެ ޚާއްޞަ
ސެންޓަރެއް ދެހާސް އެގާރަވަނަ އަހަރު ތަޞްދީޤު ކުރެއްވި މަސްތުވާތަކެއްޗާބެހޭ
ޤާނޫނުގެ ދަށުން، 18 މަސްދުވަހުގެ ތެރޭގައި ޤާއިމުކުރެއްވުމަށް ނޭޝަނަލް
ޑްރަޤް އެޖެންސީއަށް ލާޒިމުކުރެއެވެ.



މީގެ އިތުރުންވެސް ފަސް
ސެންޓަރެއް މި މުއްދަތުގެ ތެރޭގައި ޤާއިމްކުރެއްވުމަށް މި ޤާނޫނު ލާޒިމްކުރެއެވެ.
އޭގެތެރޭގައި އަންހެނުނަށް ފަރުވާދޭނެ ޚާއްޞަ ސެންޓަރެއްވެސް ހިމެނެއެވެ.



މަސްތުވާތަކެތީގެ އެކި ކުށްތަކުގައި
ހިމެނޭ މީހުންނަށް ފަރުވާދޭން މާފުށީ ޖަލުގައި ރިމާންޑް ސެންޓަރެއް ހެއްދެވުމުގެ މަސައްކަތް
ކުރެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ މިހާރު ވަނީ ޙަވާލުކުރައްވާފައެވެ.
މިއީ ސަތޭކަ މީހުންގެ ޖާގައިގެ ސެންޓަރެކެވެ.