ކުޅިވަރު

ސިޓީއިން ބްރެންޓްފަޑް ބަލިކޮށް 12 ޕޮއިންޓުގެ ލީޑެއް ނަގައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ބްރެންޓްފަޑް ސިޓީ ބައްދަލުކުރިމެޗް ސިޓީ އާއިމިޔާބުކޮށް ޕޮއިންޓް ތަވާލްގައި 12 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގެ ކުރީކޮޅު ބްރެންޓްފަޑްއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށްފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ ފުރަތަމަ 30 މިނެޓްގެ ތެރޭގައި ސިޓީއަށް ފޮނުވާލެވޭގޮތްވީ އެންމެ ހަމަލާއެކެވެ. މިމެޗްގައި ސިޓީއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހާދިނީ ލިބުނު ޕެނަލްތީއަކުން ރިޔާދު މަހްރެއިޒްއެވެ. އަދި މިމެޗްގައި ސިޓީގެ ލީޑު ފުޅާކޮށްދިނީ މެޗްގެ 69 ވަނަ މިނެޓްގައި ކެވިން ޑިބްރއުިނަރ ޖަހައިދިން ލަނޑުންނެވެ. މިމެޗްގައި ބްރެންޓްފަޑްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް މެޗްގެ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ލިބުނު ނަމަވެސް އެފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިއީ ބްރެންޓްފަޑް ޖެހިޖެހިގެން ބަލިވި ހަނަވަ މެޗެވެ.

މިކާމިޔާބީއާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު 24 މެޗުން ލިބިފައިވާ 60 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ 12 ޕޮއިންޓްގެ ލީޑަކާއެކުއެވެ. ދެވަނައިގައި އުޅޭ ލިވަޕޫލަށް ލިބިފައިވަނީ 22 މެޗުން 48 ޕޮއިންޓެވެ. އެހެންކަމުން މިރޭ ލެސްޓަރ ސިޓީ އާއި ބައްދަލުކުރާމެޗާއި އިތުރަށް ނުކުޅެން އިން މެޗް ކާމިޔާބުކޮށްފި ނަމަ ސިޓީ އާއި ދެމެދުގައިވާ ފަރަގު 6 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ. މި ނާކާމިޔާބީއާއެކު ބްރެންޓްފަޑް އުޅެނީ 24 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.