ޚަބަރު

ރާއްޖޭގެ އާ ސަފީރު، ސަޢޫދީ ރަސްގެފާނަށް ފަތްކޮޅު އަރުއްވައިފި


ދިވެހިރާއްޖޭގެ ސަރުކާރުން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައެޅުއްވި އާ ސަފީރު، އަލްފާޟިލް ޢަބްދުﷲ ޙަމީދު،
އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ސަޢޫދީ
ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލު ސުއޫދަށް އަރުއްވައިފިއެވެ.



މި ރަސްމިއްޔާތު އޮތީ އިއްޔެ ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި
ހުންނަ އަލް ޔަމާމާ ޕެލަސްގައެވެ. މިރަސްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ރާއްޖޭގެ ސަފީރަށް މަރުޙަބާ ވިދާޅުވިއެވެ.



ރާއްޖެއާ ސަޢޫދީ ޢަރަބިއްޔާ ދެގައުމުގެ ދެމެދު އޮންނަ
އުޚުއްވަތްތެރި ގުޅުމާމެދު މިރަސްމިއްޔާތުގައި ދެގައުމުން ޚިޔާލު ބަދަލުކޮށްފައިވެއެވެ.