ޚަބަރު

ކަޅުއޮށްފުންމި އަޑު ފުރަގަހުގައި އޮންނަ ޕާކަށް ބަދަލުކުރަނީ


ކަޅުއޮށްފުންމިއާއި އެއްގޮތަށް ބަނދެފައިވާ އުޅަނދު ވަގުތީ ގޮތުން މާފަންނު އަޑު ސަރަޙައްދުގައި އޮންނަ ޕާކަށް ބަދަލުކުރުމަށްޓަކައި ދިރާސާތައް ކުރަމުންދާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.މި ޕާކަކީ ވިޔަފާރިވެރިންގެ މިސްކިތާއި ޖެހިގެން އޮންނަ ޕާކެވެ. ކަޅުއޮށްފުންމިއާއި އެއްގޮތަށް ބަނދެފައިވާ މި އުޅަނދު ބާއްވަން ހޯމް މިނިސްޓްރީން ކުރިން ނިންމަވާފައިވަނީ ސަލްޓަން ޕާކްތެރޭގައެވެ. ކަޅުއޮށްފުއްމި މިހާރު އޮތީ ފޭދޫފިނޮޅު ފަޅުތެރޭގައި ބާއްވާފައެވެ. ޕީއެސްއެމް ނިއުސް އާއި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ނައިބް އަހުމަދު ސަލީމް ވިދާޅުވީ، ކަޅުއޮށްފުންމި ބާއްވަން ކުރިން ނިންމަވާފައިވާ ތަން ކަމުގައިވާ ދާރުލްއާސާރު ހުންނަ ސަލްޓަންޕާކުގައި ޕާކިން ޒޯންތަކެއް ހައްދަވާތީ އެތަނުގައި ބޭއްވޭ ގޮތް ނުވިކަމުގައެވެ. އަދި ވަގުތީ ގޮތުން ވިޔަފާރިވެރިންގެ މިސްކިތް ކައިރީ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުގެ ފުރަގަހުގައި އޮންނަ ޕާކިންޒޯން ހިމެނޭ ސަރަހައްދަށް ކަޅުއޮށްފުއްމި ބަދަލުކުރަން ނިންމާފައިވަނީ ހުޅުމާލޭގައި ހައްދަވަމުންދާ ހެރިޓޭޖް އައިލެންޑް ނިމެންދެން ކަމަށް ސަލީމް ވިދާޅުުވިއެވެ. ސަލީމް ވިދާޅުވީ އެތަން ނިމިގެންދާއިރު ކަޅުއޮށް ފުންމި އޮންނާނީ އާންމުނަށް ފެންނަގޮތަށް ހިޔާކޮށފައިވާ ޕްލެޓްފޯމެއް، ހަދަން ހަމަޖެހިފައިވާކަމުގައެވެ. ސަލީމް ވިދާޅުވީ ކަޅުއޮށްފުއްމި އެ ޕާކަށް ގެންދާނެގޮތަކާއި، ބާއްވާނެގޮތަކާއި މެދު މިހާރު ދިރާސާކުރަމުންދާކަމަށާއި، ސެކިއުރިޓީ ކެމެރާ އާއި ފޮޓޯސެލް ލައިޓް ސިސްޓަމްއެއް އެތަނުގައި ހަރުކުރެވިފައި ހުންނާނެކަމަށެވެ. ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރިން ޖިހާދުކުރެއްވުމުގެ ދަތުރުކުރެއްވި އުޅަނދުކަމުގައިވާ ކަޅުއޮށްފުންމިއާ އެއްގޮތަށް ބަނތް އުޅަނދު ހޯމް މިނިސްޓްރީން މިހާރުވަނީ ދާރުލްއާސާރަށް ހަދިޔާކޮށްފައެވެ. މި އުޅަނދު ބަނދެފައިވަނީ ހދ ނޭކުރެންދޫގައެވެ. އަދި ހެރިޓޭޖް އައިލެންޑް ނިމުމުން އެތަނަށް ކަޅުއޮށްފުންމި ދާއިމީކޮށް ބަދަލުކުރެވިގެންދާނެއެވެ.