ކުޅިވަރު

ކްލަބް ވާރލްޑް ކަޕްގެ ސެމިފައިނަލްގައި ޗެލްސީ ވާދަކުރާ ޓީމަކަށް އަލް ހިލާލް


ފީފާ ކްލަބް ވާރލްޑް ކަޕްގެ ސެމީފައިނަލްގައި ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ ބައްދަލުކުރާނީ އޭޝިއާގެ ޗެމްޕިއަން އަލް ހިލާލްއާކަން ކަށަވަރު ވެއްޖެއެވެ. މިމުބާރާތުގެ ސެމީފައިނަލުން އަލް ހިލާލް ޖާގަހޯދީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޔޫއޭއިގެ އަލް ޖަޒީރާ އާއި ބައްދަލުކުރިމެޗު 6 ލަނޑު އެއްލަނޑުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގައި އަލް ހިލާއިން އެޓީމްގެ ހަލަނޑު ޖަހައިފައިވަނީ އަލް ޖަޒީރާއިން ލަނޑެއް ޖަހައިފައިވަނިކޮށް ފަހަތުން އަރައެވެ. މިމެޗްގައި އަލް ހިލާލަށް ލަނޑުތައް ޖަހައިދީފައިވަނީ އޮޑިއޮން އިގާލޯ އާއި މެތިއަސް ޕެރެއިރާގެ އިތުރުން އަންޑްރޭ ކަރީޔޯ އަދި މޫސާ މަރޭގާއެވެ. މިފަހަރުގެ ކްލަބް ވާރލްޑް ކަޕަށް ޗެލްސީއިން ގެންދިޔަ ޓީމްގައި އަނިޔާގައި ހުރި ރީސް ޖޭމްސް ވެސް ޓީމްގައި ހިމަނާފައިވެއެވެ. އަދި ސެމީ ފައިނަލް މެޗްގައި ޗެލްސީ އާއި އަލް ހިލާލް ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ.

އަދި މިމެޗުން މޮޅުވާ ޓީމެއް ކްލަބް ވާރލްޑް ކަޕްގެ ފައިނަލްގައި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބައްދަލުކުރާނީ ޕަލްމެއިރަސް އާއި އަލް އަހްލީ ބައްދަލު ކުރާ ސެމިފައިނަލ މެޗުން މޮޅުވާ ޓީމަކާއެވެ.