ޚަބަރު

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ


ކޯވިޑް ބަލިޖެހިގެން ފަރުވާދެމުންދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ހުލުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއާއެކު މިއީ ކޯވީޑް ބަލީގައި ނިޔާވި 282 ވަނަ މީހާއެވެ. އަދި މިއީ މިބަލީގައި މިމަހު ނިޔާވި 6 ވަނަ މީހާއެވެ. ރާއްޖޭގައި މިވަގުތު 17،637 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 52 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.