ޚަބަރު

އިންޑިޔާގައި ދިން ޓެރަރިސްޓް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި


އިންޑިޔާގެ ޕަންޖާބުގައި ހުންނަ
އަސްކަރީ މަރުކަޒަކަށް މިދިޔަ ހޮނިހިރު ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު
ދިން ޙަމަލާ ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.



ރާއްޖޭގެ ޚާރިޖީ ވުޒާރާއިން
ނެރުއްވި ބަޔާނުގައި، ޓެރަރިޒަމަކީ ކޮންމެ ޒާތެއްގައި ނަމަވެސް އިންސާނުންގެ ސަލާމަތާއި،
ރައްކާތެރިކަމާއި، މިނިވަންކަމާއި ޑިމޮކްރަސީއަށް ހުރި ބޮޑު ނުރައްކަލެއްކަމަށް
ވިދާޅުވެފައިވެއެވެ. އަދި ޕަތަންކޮޓްގައި ދިން
މިހަމަލާގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ޓެރަރިޒަމާއި ދެކޮޅަށް ކުރެވޭ
މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް ބާރުލިބިގެންދިޔަ ކަމެއް ކަމަށްވެސް
ޚާރިޖިއްޔާގެ ބަޔާނުގައި ފާހަގަކުރައްވައިފައިވެއެވެ.

މީގެއިތުރުން ޚާރިޖީ ވުޒާރާގެ
ބަޔާނުގައި މި ހިތްދަތި ދަނޑިވަޅުގައި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި
ސަރުކާރުން އިންޑިޔާގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ.