ޚަބަރު

ސިންގަޕޫރުގެ ކުންފުންޏަކަށް ށ. ގާކޮށިބީ ވިއްކާލައިފި


ށ.
ގާކޮށިބީގައި އޭޑީކޭ އެންޓަޕްރައިސަސްއިން ތަރައްޤީކުރަން ފަށާފައިވާ ރިސޯޓް
ސިންގަޕޫރުގެ ކުންފުންޏަކަށް އިއްޔެ ވިއްކާލައިފިއެވެ.
ސިންގަޕޫރުގެ އެސް.ސީ
ކެޕިޓަލް ގްރޫޕްގެ ޙިއްޞާވާ ޖީއެޗްބީ މޯލްޑިވްސް ރިސޯޓްސްއަށް ގާކޮށިބީ ވިއްކާލުމުގެ
އެއްބަސްވުމުގައި ސޮއިކުރެއްވީ އިއްޔެއެވެ. އޭޑީކޭއިން
ސިންގަޕޫރުގެ ކުންފުންޏަށް ރަށް ވިއްކާލި އަގެއް މީޑިއާއަށް ހާމައެއް ނުކުރައްވައެވެ. 

ސަރުކާރުން
2006 ވަނަ އަހަރު  ބީލަން އުޞޫލުން ހުޅުވައިލި ރަށްތަކުގެ ތެރެއިން
ގުރުއަތުން ށ. ފޯކައިދޫ، ހުވަނދުމާގޭ ޙުސައިން ވަޙީދަށް ލިބުނު ރަށް އޭޑީކޭއިން ތަރައްޤީކުރަން
ފެށުމަށްފަހު، މެދުކެނޑިފައި އޮންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އެ ރަށް
ތަރައްޤީކުރުމަށް 2012 ވަނައަހަރު ތުރުކީގެ ޢަބްދުއްރަޙުމާން އަކާސޯއާއެކުވެސް
އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ނަމަވެސް އެއްބަސްވުން ފަހުން ވަނީ އުވާލާފައެވެ.

ގާތްގަނޑަކަށް 65
ޕަސެންޓް މަސައްކަތް ނިމިފައިވާ ރަށް ތަރައްގީކުރުމަށް އޭޑީކޭއިން 50 މިލިއަން
ޑޮލަރު ޚަރަދުކޮށްފައިވެއެވެ. ގާތްގަނޑަކަށް 18
ހެކްޓަރުގެ ރަށް ހަދާ ނިންމޭއިރު 136 ވޯޓާ ވިލާ ހިމެނޭނެ ކަމަށް މައުލޫމާތުލިބެއެވެ.
މިރަށް ރިސޯޓެއްގައި ގޮތުގައި ތަރައްޤީކޮށް އެއްކޮށް ނިމޭނެ ތާރީހެއް އަދި
ހާމަކޮށްފައެއް ނުވެއެވެ.