ދުނިޔެ

ސަޢުދީން މަސައްކަތް ކުރަނީ ޖަރީމާތައް ފޮރުވަން - ރޫޙާނީ


ސަޢޫދީ ޢަރަބިއްޔާއިން ހިންގާފައިވާ ޖަރީމާ ފޮރުވުމަށް އީރާނާ އޮންނަ ގުޅުން ކަނޑާލުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ. ޓެރަރިޒަމްގެ ކުށުގައި އެއް ފަހަރާ 47 މީހުންނަށް ސަޢޫދީ އަރަބިއްޔާއިން އިން މަރުގެ އަދަބު ދިނުމާއި ގުޅިގެން އީރާނުގައި ވަރުގަދަ މުޒާހަރާތައް ފެނިގެން ގޮސްފައިވާއިރު، މި މުޒާހަރާތަކުގައި ވެރިރަށް ތެޙެރާނުގައި ހުންނަ ސަޢޫދީ އެމްބަސީގައި ވަނީ ހުޅު ޖަހާފައެވެ. އަދި މިއާއެކު ސަޢޫދީ އަރަބިއްޔާއިން އިން ވަނީ އީރާނާއި އެކު އޮންނަ ސިޔާސީ ގުޅުން މެދުކަނޑާލާފައެވެ.މިމައްސަލައިގައި އީރާނުގެ ރައީސް ޙަސަން ރޫހާނީ ވިދާޅުވެފައި ދެޤައުމުގެ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ޙައްލުކުރުމަށް އެންމެ އެކަށީގެންވާ ގޮތަކީ ސިޔާސީ މަޝްވަރާތައް ބޭއްވުން ކަމަށާއި ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ ފަރާތްތައް މަދުކުރެވޭނީ ސަރަޙައްދުގެ ޤައުމުތައް ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. ތެހެރާނުގައި ހުންނަ ސަޢޫދީ އެމްބަސީގައި ހުޅު ޖެހި މައްސަލަ އީރާނު ސަރުކާރުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.