ދުނިޔެ

އުތުރުކޮރެއާއިން އަނެއްކާވެސް ނިއުކްލިއަރ ޓެސްޓެއް ކޮށްފި


އުތުރު ކޮރެއާއިން އަނެއްކާ ވެސް ނިއުކްލިޔަރ ޓެސްޓެއް ކޮށްފިއެވެ.އުތުރު ކޮރެއާއިން ކާމިޔާބު ކަމާއިއެކު ހައިޑްރިޖަން ނިއުކްލިޔަރ ޓެސްޓެއް ކޮށްފައިވާކަން ހާމަކޮށްފައި މިވަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕްލާންޓް ހުންނަ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 5.1 ގެ ބިން ހެލުމެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ. މި ބިންހެލުމަކީ ނިއުކްލިޔަރ ޓެސްޓްގެ ސަބަބުން އައި ބިން ހެލުމެއް ކަމަށް ޖަޕާނުން ވަނީ ބުނެފައެވެ.ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޖަޕާނު ސަރުކާރުގެ ތަރުޖަމާނު ޔޮޝިހީޑޭ ސޫގާ ވިދާޅުވީ، މި ބިންހެލުމަކީ ޤުދުރަތީ ލޮޅުމެއް ނޫންކަން ޖަޕާނުގެ މޫސުމާއި ބެހޭ ވުޒާރާއިން ކަށަވަރުކޮށްދީފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ޖަޕާނު ސަރުކާރުގެ ވުޒާރާތަކުގެ ކުއްލި ބައްދަލުވުމެއް މިހާރު ކުރިއަށްދާކަމަށެވެ. އުތުރު ކޮރެއާއިން މީގެ ކުރިން 3 ފަހަރު ނިއުކްލިޔަރ ޓެސްޓް ކޮށްފައިވެއެވެ. މިކަމުގެ ސަބަބުން އެމެރިކާއާއި އ.ދ. ން ވަނީ އެ ޤައުމާއި ދެކޮޅަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.