ޚަބަރު

އައްޑޫސިޓީ ހުޅުދޫން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެތެރެއިން އޭ އަދި ބީ ކެޓަގަރީގައި ހިމެނޭ ފްލެޓްތަކަށް އެދުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުން އިޢުލާނުގައި ބުނެފައި ވަނީ އޭ އަދި ބީ ކެޓަގަރީން 37 ފްލެޓް ދޫކުރުމަށް ހަމަ ޖެހިފައިވާއިރު އޭ ކެޓަގަރީން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 27 ފްލެޓް ކަމަށާއި އަދި ބީ ކެޓަގަރީން ހުޅުދޫ އަދި މީދޫގައި މިހާރު ދިރިއުޅޭ ރަށުން ބޭރުގެ ފަރާތްތަކާއި ހުޅުދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ފްލެޓްކަމަށެވެ.

މި ފްލެޓްތައް ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލު އަދި ފްލެޓްގެ ފްލޯރ ޕްލޭން ހިމެނޭ ކުރެހުންވެސް އެ ކައުންސިލުން ނެރުނު އިޢުލާނާއެކު ޢާންމުކުރެވިފައިވާނެ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

ފްލެޓަށް އެދި ހުށައަޅާ ފޯމް ލިބެން ހުންނާނީ ހުޅުދޫ އާއި މީދޫ އަވަށު އޮފީހުން ކަމަށް އެކައުންސިލުން ވަނީ ހާމަކޮށްފައެވެ. ފޯމް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 27 ފެބުރުވަރީ 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކަމަށް އެކައުންސިލުން ހާ،މަކޮށްފައިވެއެވެ.