ޚަބަރު

މާލޭ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ


މާލޭގައި ގެއެއްގެތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މާފަންނު ގެއެއްގައި މީހަކު މަރުވެފައިވާކަމުގެ މަޢުލޫމާތު މިއަދު 08:03 ހާއިރު ލިބިފައިވާކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 49 އަހަރުގެ ފިރިހެނެއްކަމަށްވެސް ފުލުހުން ބުންޏެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.