ޚަބަރު

ބިދޭސީން ތިބެގެން ކުރި ޖޫރިމަނާ، 15 ދުވަހުގެތެރޭގައި ދައްކަންޖެހޭ


ފިހާރަ، ރެސްޓޯރެންޓް، ކެފޭ ފަދަ ތަންތަނުގައި ބިދޭސީ ސޭޓުން
ތިބިތޯ ބައްލަވަން އިމިގްރޭޝަނުން
ފެއްޓެވި ޚާއްޞަ
އޮޕަރޭޝަންގެ ދަށުން މިހާތަނަށް ޖޫރިމަނާކުރައްވާފައިވާ ތަންތަނުން 15 ދުވަހުގެ ތެރޭގައި
ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. އިމިގްރޭޝަނުން ކުރިއަށް ގެންދަވާ މި ޚާއްޞަ
އޮޕަރޭޝަންގައި މިހާތަނަށް ވަނީ 67 ތަނެއް ޖޫރިމާނާކުރައްވާފައިވެއެވެ. މި
ތަންތަން ޖޫރިމަނާކުރެއްވީ ދިހަހާސް ރުފިޔާއިންނެވެ.

ޤަވާޢިދުގައިވާ ގޮތުން
ބިދޭސީ ސޭޓުން ބައިތިއްބާނަމަ 10000  ރުފިޔާއާއި 50,000 ރުފިޔާއާ
ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.



ފިހާރަތަކާއި ކެފޭ އަދި
ރެސްޓޯރަންޓްތަކުގައި ސޭޓުންނަށް ބިދޭސީން ނުބޭތިއްބޭ ގޮތަށް ސަރުކާރުން
ހަމަޖެއްސެވީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. މިކަމުގެ ބޭނުމަކީ
ވަޒީފާ ނެތް ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމެވެ.