ދުނިޔެ

ސީރިޔާގައި ކެމިކަލް ގޭސް ބޭނުންކޮށްފައިވާ ކަމުގެ ހެކި ފެނިއްޖެ


ސީރިޔާގައި ކެމިކަލް ގޭހެއް ކަމަށްވާ ސާރިން ބޭނުންކޮށްފައިވާކަމުގެ ހެކި ފެނިފައިވާކަމަށް ކެމިކަލް ހަތިޔާރު ގެންގުޅުން މަނާކުރާ ބައިނަލްއަޤްވާމީ ޖަމާޢަތް އޯ.ޕީ.ސީ.ޑަބްލިއުއިން ހާމަކޮށްފިއެެވެ.އޯ.ޕީ.ސީ.ޑަބްލިއުއިން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ރިޕޯޓެއްގައި، އެޖަމާޢަތުގެ އިސްވެރިޔާ އަހްމަތް އުޒުމްޖޫ ވިދާޅުވީ، ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ވޭތޯ ބެލުމަށް އެގައުމުގައި ހަރަކާތްތެރިވަމުންދާ އެޖަމާޢަތުގެ ޓީމަށް ސީރިޔާގެ 11 ސަރަހައްދަކުން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.އެ ޓީމުގެ ހޯދުންތަކުގައި ސޫރިޔާގެ ބައެއް މީހުންގެ ލޭގެ ސާމްޕަލްތައް ނަގާފައިވާ ކަމަށާ މިސާމްޕަލްތަކުން ސޭރިން ގޭސް ނުވަތަ އެޒާތުގެ އެހެން ގޭހެއްގެ އަސަރު ފެނިފައިވާ ކަމަށް ވެސް އުޒުމްޖު ވިދާޅުވިއެވެ.އުޒުމްޖު ވިދާޅުވީ، މިހޯދުންތަކުގެ އިތުރު ތަހްޤީޤެއް ކުރަން ޖެހޭ ކަމަށާއި، އޭރުން މި ފަދަ ހަމަލާއެއް ދީފައި ވަނީ ކޮން އިރަކު ކޮންތާކުކަން ސާބިތުވާނެ ކަމަށެވެ.