ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ބްރެންޓްފަޑް ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ބްރެންޓްފޯޑް ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ. ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބްރެންޓްފޯޑްއިން. އަދި މިމެޗްގެ ފުރަތަމަ ހާފްގައި ބެރެންޓްފޯޑަށް ލަނޑު ޖަހާނެ ވަރަށް ރަނަގަޅު ދެ ފުރުސަތެއް ލިބިގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން މެތިއަސް ޔެންސަން ފޮނުވާލި ދެހަމަލާވެސް ވަނީ ޔުނައިޓެޑްގެ ކީޕަރ ޑެވިޑް ޑެހެއަރ ދިފާއުކޮށްފައެވެ. މިހާފްގައި މީގެއިތުރުން ވެސް ލަނޑު ޖަހާނެ ރަނގަލު ފުރުސަތު ބްރެންޓްފޯޑުން އުފެއްދިއެވެ. ފުރަތަމަ ހާފްއާއި ހިލާފަށް ދެވަނަ ހާފްގައި ޔުނައިޓެޑުން ވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް ހަމަލާތައް ވަރުގަދަ ކޮށްފައެވެ. ނަތީޖާއަކަށް ވީ މެޗްގެ 55 ވަނަ މިނެޓްގައި މެޗްގެ ފުރަތަމަ ލަނޑު ޖަހައި ޔުނައިޓެޑުން ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ އެންތަނީ އެލާންގާއެވެ. މިއީ މިސީޒަންގައި އެލާންގާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި މިލަނޑު ޖެހިތާ ހަތް މިނެޓްފަހުން މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިމެޗގައި ޔުނައިޓެޑްގެ ފަހު ލަނޑު ޖަހައިދިނީ މެޗްގެ 77 ވަނަ މިނެޓްގައި ދެވަނަ ހާފްގަޕއި ބަދަލު ކުޅުންތެރިއެއްގ ގޮތުގައި ކުޅެން ނިކުން މާކަސް ރަޝްފަޑެވެ. މިމެޗްގައި ބްރެންޓްފޯޑުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހައިދިނީ އިވާން ޓޯނީއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑަށް މިހާރު އުޅެނީ ކުޅުނު 21 މެޗުން 35 ޕޮއިންޓް ލިބި ތާވަލްގެ ހަތްވަނައިގައެވެ. އަދި ބްރެންޓްފޯޑް އުޅެނީ 22 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.