ކުޅިވަރު

އިތުރު ވަގުތުގައި ކާމިޔާބުކުރި ދެލަނޑާއެކު ސްޕަރސްއިން ލެސްޓަރގެ މައްޗަށް ކުރި ހޯދައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ލެސްޓަރ ސިޓީ ބައްދަލުކުރިމެޗްގެ އިތުރު ވަގުތުގައި ޓޮޓްނަމުން ކާމިޔާބުކުރި ދެލަނޑާއެކު މެޗް ކާމިޔާބު ކޮށްފިއެވެ. ލެސްޓަރގެ ދަނޑުގައި ކުޅުނު މިމެޗް ޓޮޓްނަމް ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު 2ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވަރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޓޮޓްނަމުންނެވެ. މިމެޗްގައި ޓޮޓްނަމްގެ ތަރިއަކަށް ވެގެންދިޔައީ ސްޓޭވެން ބަރގްވިން. އޭނާ ވަނީ މިމެޗްގައި ލެސްޓަރ 2 ލަނޑު އެއްލަނޑުން ކުރީގައި އޮވެގެން މެޗް ނިމެން ދަނިކޮށް މެޗްގެ އިތުރު ވަގުތުގައި ދެލަނޑު ޖަހާ މެޗް ޓޮޓްނަމްއަށް ކާމިޔާބުކޮށްދީފައެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ލެސްޓަރއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޕެޓްސަން ޑާކާއެވެ. ނަމަވެސް ސްޕަރސްގެ ހެރީ ކޭންވަނީ މެޗްގެ 38 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި ދެވަނަ ފަހަރަށް ލެސްޓަރއިން ލީޑު ނެގީ މެޗްގެ 76 ވަނަ މިނެޓްގައި ޖޭމްސް މެޑިސަން ޖަހައިދިން ލަނޑުން. މިލަނޑާއެކު މެޗް ލެސްޓަރއަށް ކާމިޔާބު ވެގެން ނިމެން ދަނިކޮށް ޓޮޓްނަމަށް މެޗްގެ ނަތީޖާ އެއްވަރު ކޮށްދިނީ 79 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ބަރގްވިން މެޗްގެ 95 ވަނަ މިނެޓްގައި ޖަހައިދިން ލަނޑުންނެވެ. އަދި މިލަނޑު ޖެހިތާ ދެމިނެޓްފަހުން އޭނާވަނީ ޓޮޓްނަމަށް މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީ މިމެޗް ކާމިޔާބުކޮށްދިން ލަނޑުވެސް ކާމިޔާބުކޮށްފައެވެ.

މިކާމިޔާބީއާއެކު ޓޮޓްނަމް މިހާރުވަނީ ކުޅުނު 19 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެޓީމް ނުކުޅެ އޮތް ތިން މެޗް ކާމިޔާބުކޮށްފި ނަމަ ގަދަ ނިތަކުން ޖާގަ ލިބިގެންދިއުމަކީ ވަރަށް ގާތްކަމެއްގެގޮތުގައި މިހާރުވަނީ ބެލެވެން ފަށާފައެވެ. މިމެޗުން ބަލިވުމުން ލެސްޓަރ މިހާރު އުޅެނީ 19 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.