ޚަބަރު

ހ.ބޮނޑިބަތްގޭގައި ރޯވި އަލިފާން އެމްއެންޑީއެފްއިން ނިއްވާލައިފި


ސޯސަންމަގުގައި
ހުރި ހ.ބޮނޑިބަތްގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު
ސަރވިސްއިން  ނިއްވާލައިފިއެވެ.



މިރޭ
ގާތްގަނޑަކަށް އަށްގަޑި ސާޅިސް ހާއިރު ހ.ބޮނޑިބަތްގޭގެ 2 ވަނަ ފަންގިފިލާގައި ހުރި
އެޕާޓްމަންޓްގައި އަލިފާން ރޯވި ކަމުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް
ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުންގެ ޓީމެއްވަނީ އެސަރަޙައްދަށް ގޮސް
އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އަލިފާންގަނޑު އެއްކޮށް
ނިއްވާލާފައިވަނީ މިރޭ ގާތްގަނޑަކަށް ނުވަގަޑި ފަހެއް ހާއިރުކަމަށް އެމްއެންޑީއެފުން
މަޢުލޫމާތުދެއްވައެވެ.



މިހާދިސާގައި
އަލިފާން ރޯވި އެޕާޓްމަންޓުގައި ހުރި ގިނަ ތަކެޗަށްވަނީ އެކި ވަރުގެ ގެއްލުން
ލިބިފައެވެ. އަދި ފިރިހެނަކަށް އަނިޔާވުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލަށް
ގެންގޮސްފައިވާއިރު، ސީރިއަސް އަނިޔާއެއް ނުލިބޭކަމަށް އެމްއެންޑީއެފުން
މައުލޫމާތުދެއްވައެވެ.



މިހާދިސާ
ދިމާވާން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައި ނުވާ ކަމަށާއި ނަމަވެސް
މިހާރު އެކަން ތަޙްޤީޤްކުރައްވަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.