ކުޅިވަރު

މާޒިޔާއިން ނަމާންޏާ ކާޓާލްގެ ސޮއި ހޯދައިފި


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޔޫރަޕްގައި ކުޅެފައިވާ ޑިފެންޑަރު ނަމާންޏާ ކާޓާލްގެ ސޮއި ހޯދައިފިއެވެ. މާޒިޔާއިން ޑިފެންޑަރު ނަމާންޏާ ކާޓާލްގެ ސޮއި ހޯދާފައިވާއިރު، މިސީޒަން މާޒިޔާއިން ފަށާފައިވަނީ ބިދޭސީ 2 ކުޅުންތެރިންނާއި އެކުއެވެ. އެޓީމުގައި މިވަގުތު ތިބި ބިދޭސީ ދެ ކުޅުންތެރިންނަކީ ނޭޕާލް ޤައުމީ ޓީމުގެ ކީޕަރު ކިރަން ކުމާރާއި ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)އެވެ.

އުމުރުން 27 އަހަރުގެ ޑިފެންޑަރު ނަމާންޏާ ކާޓާލް ޔޫރަޕްގެ ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބްތަކަށް ކުޅެފައިވާއިރު، އެންމެ ފަހުން ނަމާންޏާ ކުޅެފައިވަނީ މޮންޓެނީގްރޯގެ ފުރަތަމަ ޑިވިޝަން ކްލަބް ރޫޑާ ޕްލްޔެލީވިޔާއަށެވެ. އަދި ބޮސްނިއަރ، ސާބިއަރ އަދި ގްރީސްގެ ފުރަތަމަ ޑިވިޝަންގެ ކުލަބްތަކަށް ކުޅެފައެވެ. ޑިފެންޑަރު ނަމާންޏާ މިހާރުވަނީ މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.