ޚަބަރު

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރަނީ


ރާއްޖެއާއި ޕާކިސްތާނާ ދެމެދު
ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް
ޕާކިސްތާނުން ރާއްޖެއަށް ކަޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް
(ރިޓާޔަރޑް) ސައެދް ޙަވާރް އަލީ ޝާހު ވިދާޅުވެއްޖެއެވެ.



ސަފީރު ސައެދް މިހެން ވިދާޅުވީ
ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމަށް ދެއްވި ޚާއްޞަ ބަސްދީގަތުމެގައެވެ.



ސަޢީދު ވިދާޅުވީ ރާއްޖެއާއި
ޕާކިސްތާނާ ދެމެދު އޮންނަ ދޭދޭ ގުޅުމަކީ ވަރަށް ބަދަހި ގުޅުމެއްކަމަށެވެ.  މީގެ އިތުރުން ސަފީރު ސައެދް ވިދާޅުވީ
ޕާކިސްތާނާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ
މަޝްވަރާތައް ކަމާއި ބެހޭ ފަރާތްތަކާއި އެކު ކުރަމުންގެންދަވާކަމަށެވެ.



ސަފީރު ވިދާޅުވީ މިއަހަރުގެ
ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފް ރާއްޖެއަށް ރަސްމީ
ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ ވަޒީރު
ދުންޔާ މައުމޫންވެސް މިމަހުގެތެރޭގައި ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވުމަށް
ރޭވިފައިވާކަމަށްވެސް ސައެދް ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ
ޔާމީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް
ކުރައްވާފައެވެ.