ޚަބަރު

އޮމިކްރޯނަށް ޚާއްޞަ ވެކްސިންނެއް އިންޑިޔާއިން އުފައްދަނީ


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގައި ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯނަށް ޚާއްޞަ ވެކްސިންނެއް އުފެއްދުމުގެ މަސައްކަތް އިންޑިޔާއިން ފަށައިފިއެވެ.

އިންޑިޔާގެ ޖެނޯވާ ބަޔޯފާމަސޫޓިކަލްސް ކުންފުނިން ބުނެފައިވަނީ އޮމިކްރޯނަށް ޚާއްޞަ ވެކްސިންނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އިންސާނުން ބޭނުންކޮށްގެން ތަޙްލީލުތައް ކުރިޔަށްގެންދަން ތައްޔާރުވަމުންދާކަމަށެވެ. އަދި ތަޙްލީލުތައް ނިންމައި ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބޭނުންކުރެވޭ ވަރަށް އެ ވެކްސިން ތައްޔާރުކޮށް ނިންމާލެވޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އޮތްކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.

އެމެރިކާގެ ކުންފުންޏެއްކަމަށް ފައިޒާއިންވެސްވަނީ އޮމިކްރޯނަށް ޚާއްޞަ ވެކްސިންނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. މިހާރުވެސް ކޯވިޑް-19އަށް ވެކްސިންނެއް އުފައްދާފައިވާ ފައިޒާ ކުންފުނިން ބުނެފައިވަނީ އޮމިކްރޯނަށް ޚާއްޞަ ވެކްސިންނެއް މާރިޗު މަހުގެ ތެރޭގައި ބޭނުންކުރެވޭ ވަރަށް ތައްޔާރުކޮށް ނިންމާލެވޭނެކަމަށް ޤަބޫލުކުރާކަމަށެވެ.