ކުޅިވަރު

ލީޑްސް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރިމެޗް ލީޑްސް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރިމެޗް ލިޑްސް ކާމިޔާބުކޮށްފިއެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް ލީޑްސް ކާމިޔާބުކުރީ 3 ލަނޑު 2ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލީޑްސްއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހައިދިނީ ޖެކް ހެރިސަންއެވެ. މިމެޗްގައި ވެސްޓް ހޭމްގެ ފުރަތަމަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ޖަހައި އެއްވަރު ކޮށްދިނީ ޖެރޮޑް ބޮވެންއެވެ. ނަމަވެސް މިލަނޑު ޖެހިތާ 4 މިނެޓްފަހުން ހެރިސަންވަނީ އޭނާ މިމެޗްގައި ކާމިޔާބުކުރީ ދެވަނަ ލަނޑާއެކު ލީޑްސްއަށް އަނެއްކާވެސް މިމެޗްގައި ލީޑު ނަގައިދީފައެވެ. މިމެޗްގައި ވެސްޓް ހޭމްއަށް ދެވަނަ ފަހަރަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 52 ވަނަ މިނެޓްގައި ޖަހައިދިނީ ޕަބްލޯ ފޮނާލްސްއެވެ. މިމެޗުން ލީޑްސް މޮޅުވި ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހައިދިނީ ވެސް ހެރިސަންއެވެ. މިއީ އޭނާގެ ކެރިއަރުގައި ހެދުނު ފުރަތަމަ ހެޓްރިކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލީޑްސްގެ ކޯޗް މާސެލް ބިއެލްސާ ބުނީ މިއީ ކުޅުންތެރިން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. މިކާމިޔާބީއާއެކު ލީޑްސް ވަނީ 20 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވެސްޓް ހޭމް އުޅެނީ 37 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.