ޚަބަރު

ރައީސްގެ ހަމްދަރުދީގެ މެސެޖެއް، އިންޑިޔާގެ ބޮޑުވަޒީރަށް


ރައީސުލްޖުމްހޫރިއްޔާގެ އިންޑިޔާގެ އިރުއުތުރުގެ ސަރަޙައްދަކަށް އައި ބާރުގަދަ
ބިންހެލުމުގައި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި
ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް‏، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް
ފޮނުއްވައިފިއެވެ.



ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި
މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި،
ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ
ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ
ފޮނުއްވާފައިވެއެވެ. 

އަދި މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ
ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި
އެދިވަޑައިގެންފައިވެއެވެ.