ޚަބަރު

ޒިޔާދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައިފި


ޒިޔާދާ ނަޢީމުގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހަދައި ނިމިފައިވާ ކަމަށާއި، ވީހާވެސް އަވަހަށް ހަށިގަނޑު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވައިފިއެވެ.

ޒިޔާދާ ނަޢީމް މަރުވީ އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި ޒިޔާދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޕޯސްޓްމޯޓަމްގެ ރިޕޯޓް ލިބިވަޑައިގަތުމުން، އެކަމުގެ މައުލޫމާތު ހާމަކުރައްވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.   

ޒިޔާދާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިއްޔެ ވަނީ އިތުރުކުރައްވާފައެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި 4 ވަނަ ފަހަރެވެ.