ދުނިޔެ

އަސްކަރީ މަރުކަޒަށް ދިން ހަމަލާ ދަނީ ތަހްޤީޤްކުރަމުން- އިންޑިޔާ


އިންޑިއާ އާއި ޕާކިސްތާނު ގުޅޭ
ސަރަޙައްދީ ރޮނގު ކައިރިން އިންޑިއާގެ ޕަންޖާބުގައި ހުންނަ އެޤައުމުގެ ވައިގެ
އަސްކަރީ މަރުކަޒަކަށް ހަނގުރާމަވެރިން ދިން ހަމަލާ މިހާރު ތަހުޤީޤް ކުރަމުންދާ
ކަމަށް އިންޑިޔާގެ ފުލުހުން ބުނެފިއެވެ.



ހަނގުރާމަވެރިންގެ އެއްވެސް
ބަޔަކު ފިލާ ނޫޅޭކަން ކަށަވަރު ކުރުމަށާއި ގޮވާ ޒާތުގެ އެއްޗެއް ފޮރުވާފައިވޭތޯ
ބެލުމަށް އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި، މި ހަމަލާގެ ތަހުޤީޤުން
ހާމަވާ ކަންތައްތައް ވީއެންމެ އަވަސް ފުރުސަތެއްގައި އާންމުންނާއި ހިއްސާކުރެވޭނެ
ކަމަށް، ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.



މިފަދަ ހަމަލާތައް އިތުރަށް
ތަކުރާރު ވިޔަނުދިނުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ގިނަ
ބަޔަކު ދަނީ ބުނަމުންނެވެ.



މި ހަމަލާ ޕާކިސްތާނުން
ކުށްވެރިކޮށްފައިވެއެވެ. އަދި، ދެގައުމުގެ މެދުގައި އޮތް ހަމަނުޖެހުންތަކަށް
ދާއިމީ ހައްލެއް ގެނައުމަށް ޕާކިސްތާނުން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށްވެސް
ޕާކިސްތާނުން ބުނެފައިވެއެވެ.