ކުޅިވަރު

މޮރޮކޯ އައި ގާނާ ބައްދަލުކުރިމެޗް މޮރޮކޯ ކާމިޔާބުކޮށްފި


އެފްރިކާ ކަޕް އޮފް ނޭޝަންސް ގްރޫޕް ސީގައި މޮރޮކޯ އާއި ގާނާ ބައްދަލުކުރިމެޗް މޮރޯކޯ ކާމިޔާބުކޮށްފިއެވެ. މިމެޗް މޮރޮކޯ ކާމިޔާބުކޮށްފައިވަނީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅޭ ގިނަ ހަމަލާ އުފައްދާފައިވަނީ މޮރޮކޯއިންނެވެ. މިމެޗްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ މާރަނަގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހައިދީފައިވަނީ ސޯފިއަން ބޯފާލެވެ. މިމެޗްގައި ގާނާއިން ވަނީ ވަރަށް ރަނޑަޅަށް ޑިފެންޑު ކޮށްފައެވެ. ނަމަވެސް މިމެޗުން މޮރޮކޯ އަށް ލަނޑެއް ޖެހުނަ ނުދީ ހިފެހެއްޓޭ ގޮތެއް ނުވިއެވެ. މިމުބާރާތާ ކުރިމަތިލީއިރު މޮރޯކޯ ވަނީ ވަރަށް ރަނގަޅު ފޯމެއްގައެވެ. މިގޮތުން ވާރލްޑް ކަޕަށް ކޮލިފައިންވުމަށް މިދިޔަ އަހަރު ކުޅުނު ހަ މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ.

ގްރޫޕް ސީގައި މޮރޮކޯ ދެން ބައްދަލުކުރާނީ މިމުބާރާތުގައި މުޅިން އަލަށް ވާދަކުރަމުންދާ ކޮމޮރޯސްއާއެވެ. ނަމަވެސް މިމެޗްގެ ކުރިން ގާނާ އާއި ގެބޯންގެ މެޗް ކުޅޭނެއެވެ.