ޚަބަރު

ސަލާމަތީ ބާރުތަކުން މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި


ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުންގެ މުއައްސަސާއާއި ގައުމީ ދިފާއީ ބާރުން ނެރެފައިވާ ބަޔާނުގައި ވިދާޅުވީ "ގުޅިގެން" މި ނަމުގައި މިއޮޕަރޭޝަން އިއްޔެއިން ފެށިގެން ކުރިއަށް ދާނެކަމަށެވެ.

އެ އޮޕަރޭޝަން ހިންގަމުންދާއިރު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ސަލާމަތީ ބާރުތަކުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި އޮޕަރޭޝަން ހިންގަމުންދަނީ ސީދާ ކޮން ކަމަކާއި ގުޅިގެން ކަމެއް ސަލާމަތީ ބާރުތަކުން ހާމައެއް ނުކުރައްވައެވެ.

ދާދިފަހުން ވިލިމާލެއިން ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެކަމާ ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.