ޚަބަރު

ކޮރަޕްޝަން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކޯސްތަކެއް ފަށަނީ


ކޮރަޕްޝަން ހުއްޓުވުމަށް ބާރު
އެޅުއްވުމުގެ ގޮތުން ޚާއްޞަ ކޯސްތަކެއް މިއަހަރު ފަށްޓަވަން ހަމަޖެހިފައިވާ ކަމަށް
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވިދާޅުވެއްޖެއެވެ.
މި ކޯސްތައް ހިންގަވަނީ، ޤައުމީ
ޔުނިވަރސިޓީއާ ގުޅިވަޑައިގެނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް މުޢައްވިޒު
ރަޝީދު ވިދާޅުވީ، އެންމެ ފުރަތަމަ
ފައްޓަވާނީ ސެޓްފިކެޓް ލެވެލްގެ ކޯސްތައް ކަމަށެވެ. އެހެންނަމަވެސް، ޑިޕްލޮމާ
ލެވެލްގެ ކޯސްތައްވެސް މި އަހަރު ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް
މުޢައްވިޒް ވިދާޅުވިއެވެ.



މުޢައްވިޒް ވިދާޅުވީ، މި ކޯސްތައް ފުރަތަމަ އަމާޒު ކުރައްވާނީ އޮފީސްތަކުގައި
ފައިސާއާއި، ވަޒީފާތަކަށް މީހުން ވެއްދުމުގެ މަސައްކަތްކުރާ މުވައްޒަފުންނަށް
ކަމަށެވެ.



މި ކޯސްތައް ފެއްޓެވުމަށްޓަކައި
އެޑިއުކޭޝަން މިނިސްޓްރީއާއި ޤައުމީ ޔުނިވަރސިޓީ މަޝްވަރާކުރައްވާފައިވާ ކަމަށާއި،
ކޯހަށް ބޭނުންވާ ލިޔެކިއުންތައްވެސް މިހާރު ނިމިފައިވާކަމަށް މުޢައްވިޒް ވިދާޅުވިއެވެ.



މި ކޯސްތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރައްވާ
ކޯސްތަކެއް ކަމަށް އޭސީސީން ވިދާޅުވިއެވެ.