ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ނ.އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް، ނ.އަތޮޅުގެ 5 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ފުރާވަޑއިގަތުމަށް ހަމަޖެހިވާކަމަށެވެ. މާދަމަ އެމަނިކުފާނު 3 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި ބުދަ ދުވަހު 2 ރަށަކަށް ވަޑައި ގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާފަރު، ލަންދޫ، މަނަދޫ، މަގޫދޫ އަދި ހޮޅުދުއަށެވެ.

މިދަތުރުފުޅުފައި އެރަށްތަކުގައި ފެށްޓުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް އިފްތިތާހު ކޮށްދެއްވުމާއި، ބައެއް މަޝްރޫޢުތައް ނިންމުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މިދަތުރުފުޅުގައި އެރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.