ޚަބަރު

އިނގުރައިދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލަކާއެކު އިތުރު ކްލާސްރޫމްތަކެއް


ރ.އިނގުރައިދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލަކާއި، އިތުރު ކްލާސްރޫމްތަކެއް ހަދަން ބަޔަކައި ޙަވާލުކޮށްފިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި، އިނގުރައިދޫ ސްކޫލުގެ 4 ކްލާސްރޫމާއި، ސްޓާފްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ކުރުމަށް ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އިނގުރައިދޫ ސްކޫލުގައި ހުރި މައްސަލަތަކަށް ހައްލު ގެނައުމަށް އިތުރު އިމާރާތްތަކެއް ހަދަން މަސައްކަތް ފަށާފައިވަނީ މިދިޔަ މަހު އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރި ޒިޔާރަތުގައި މިކަމުގެ ކަންބޮޑުވުން ރައީސަށް ދަންނަވާފައި ވަނިކޮށެވެ.

އިނގުރައިދޫ ސްކޫލުގެ މަސައްކަތް ކުރުމަށް މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައިވަނީ 16,961,607.18(ސޯޅަ މިލިޔަން ނުވަ ލައްކަ ފަސްދޮޅަސް އެއް ހާސް ހަ ސަތޭކަ ހަތް ރުފިޔާ އަށާރަ ލާރި)އަށެވެ.

މި މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.