ވިޔަފާރި

7 އަހަރަށް ފަހު ޕެޓްރޯލް ލިޓަރެއްގެ އަގު 10 ރުފިޔާއަށްވުރެ ދަށަށް


7 އަހަރަށް ފަހު ރާއްޖޭގެ ބާޒާރުގައި ޕެޓްރޯލްގެ ލިޓަރެއްގެ އަގު 10 ރުފިޔާއާށްވުރެ ދަށަށް ހިނގައްޖެއެވެ. ރާއްޖެއަށް ތެޔޮ އެތެރެކުރާ މައި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއިން މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކަމުން ދަނީ 9 ރުފިޔާ 80 ލާރިއަށެވެ. މިއަދާއި ހަމައަށް އެކުންފުނިން ޕެޓްރޯލް ލިޓަރެއް ވިއްކަމުން އައީ 11 ރުފިޔާއަށެވެ.އެސްޓީއޯއިން މަޢުލޫމާތުދެއްވާ ގޮތުގައި މިއަދުންފެށިގެން އެކުންފުނިން ވިއްކާ ޑީސަލްގެ އަގުވެސް ވަނީ ހެޔޮ ކޮށްފައެވެ. އެގޮތުން ޑީސަލް ލިޓަރަކުން 1 ރުފިޔާ އަގުހެޔޮކޮށް ޑީސަލް ލިޓަރެއް މިހާރު ވިއްކަނީ 10 ރުފިޔާއަށެވެ. މިއީ 2007 ވަނައަހަރާއި 2008 ވަނަ އަހަރުގެތެރޭ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއިއެކު ރާއްޖޭގައިވެސް ތެލުގެއަގު ކުއްލިގޮތަކަށް އުފުލިގެން ދިޔަފަހުން ތެލުގެ އަގު މިހާބޮޑަށް ހެޔޮކުރި ފުރަތަމަ ފަހަރެވެ.