ޚަބަރު

މާބަނޑު މީހުން ވަޒީފާ އަދާކުރުމުގައި ލުއިގޮތެއް




މާބަނޑުވުމުގެ ސަބަބުން އޮފީހަށް
ނުކުމެ މަސައްކަތްކުރުމަށް އުނދަގޫވާ މުވައްޒަފުންނަށް، ވަޒީފާ އަދާކުރުމުގައި ލުއިގޮތެއް ހަމަޖައްސައިދިނުމުގެ އުޞޫލަށް މިއަދު ޢަމަލުކުރައްވަން ފައްޓަވައިފިއެވެ.

މި އުޞޫލު މިހާރު ވަނީ ގެޒެޓްގައި ޢާންމުކުރައްވާފައެވެ. ސަރުކާރު އޮފީސްތަކުގައި
މަސައްކަތްކުރާ އަންހެނަކު މާބަނޑުވުމުން ގޭގައި ތިބިގެން ވަޒީފާ އަދާކުރެވޭނެ
އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
އަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ.

ސިވިލް ސަރވިސްގެ މުވައްޒަފަކު މާބަނޑުވުމުން މާބަނޑު ދުވަސްވަރު
މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ އުޞޫލުގެ މަޤްޞަދަކީ މާބަނޑުވުމުގެ ސަބަބުން އޮފީހަށް ނުކުމެ މަސައްކަތްކުރުމަށް އުނދަގޫވާ މުވައްޒަފުންނަށް، ވަޒީފާ އަދާކުރުމުގައި ލުއިގޮތެއް ހަމަޖައްސައި ދިނުމާއި، އޮފީހަށް ނުކުމެ މަސައްކަތްކުރުމަށް އުނދަގޫވާ މުވައްޒަފުންނަށް، ގޭގައި ތިބެގެން ބައެއް ބާވަތުގެ މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، މާބަނޑުވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކާ ގުޅިގެން ގޭގައި ތިބެންޖެހޭ ޙާލަތުގައި މުސާރަ ނުލިބޭ ޗުއްޓީނެގުމުގެ ބަދަލުގައި، ގޭގައި ތިބެގެން އޮފީހުގެ ބައެއް ބާވަތުގެ މަސައްކަތްތައް ކުރެވޭގޮތް ހަމަޖައްސައިގެން މުވައްޒަފުންގެ ޚިދުމަތް މެދުނުކެނޑި އޮފީހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، މުސާރަ ނުލިބޭ ޗުއްޓީ ނަގާ މުވައްޒަފުންގެ ޚިދުމަތް އޮފީހަށް ހޯދުމަށްޓަކައި މަޤާމު ހުސްކުރުމުގެ ބޭނުން ނުލިބޭތީ، އޮފީހުގެ މަސައްކަތްތަކަށް ދަތިވެގެން ބަދަލުގައި އެހެން މުވައްޒަފުން ހޯދުމަށްޓަކައި މަޤާމް ހުސްކުރުމުގެ ބޭނުން ކުޑަކޮށް
މުވައްޒަފުންގެ
ވަޒީފާ ނުގެއްލި ގޭގައި ތިބެވޭނެ ގޮތް ހަމަޖެއްސުމެވެ.

މި އުޞޫލުގައި މާ ބަނޑު މުވައްޒަފުން ދެގޮތަކަށް ގިންތިކޮށްފައިވޭ. އެއީ ހައި-ރިސްކް ނުވަތަ ނާޒުކު ޙާލަތާއި، ލޯ-ރިސްކު ނުވަތަ އާދައިގެ ޙާލަތް. މީގެ ތެރެއިން ހައިރިސްކް ޙާލަތަށް ފެތޭ މުވައްޒަފުންނަކީ، މާބަނޑުވުމާ ގުޅިގެން ވަކި ދުވަސްވަރެއްގައި އެއްވެސް ބާވަތެއްގެ މަސައްކަތް ނުކުރުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ މުވައްޒަފުންނެވެ. އަދި ލޯ-ރިސްކް ޙާލަތަށް ފެތޭ މުވައްޒަފުންނަކީ، މާބަނޑުވުމުގެ ސަބަބުން، ވަކި ވަގުތުތަކެއްގައި އުދަނގޫތަކެއް ކުރިމަތިވާ މުވައްޒަފުން. މިފަދަ މުވައްޒަފުންނަކީ ވަޒީފާ އަދާކުރަންޖެހޭ ރަސްމީގަޑީގައި އެންމެ އެކަށީގެންވާ ގޮތެއްގައި ވަޒީފާ އަދާކުރުމަށް ދަތިވާ މުވައްޒަފުންކަމަށް މި އުޞޫލުގައި ބުނެފައިވެއެވެ.



މި އުޞޫލުގައި ވާގޮތުން ހައި ރިސްކް މުވައްޒަފުންނަށް މި އުޞޫލުގެ ދަށުން ލުއިގޮތް ހޯދުމަށް އެދި ޑޮކްޓަރުގެ ސެޓުފިކެޓް ހުށަހަޅައިފިނަމަ، އެ މުވައްޒަފަކަށް 3 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް، ލުއި ގޮތް ހަމަޖައްސައިދެވިދާނެއެވެ. އަދި އެއަށްވުރެ ދިގު މުއްދަތަކަށް ލުއި ގޮތް ބޭނުންވާނަމަ، ލުއިގޮތް ހަމަޖައްސައިދީފައިވާ މުއްދަތު ހަމަވުމުގެ 1 ހަފްތާކުރިން އިތުރު 3 މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ލުއިގޮތް ހޯދުމަށް ޑޮކްޓަރުގެ ސެޓްފިކެޓާއެކު ހުށެހެޅިދާނެއެވެ.



ލޯ ރިސްކް ކެޓަގަރީގައި ހިމެނޭ މުވައްޒަފެއް މާބަނޑުވުމާ ގުޅިގެން ކުރިމަތިވާ އުނދަގޫތައް ބަޔާންކޮށް ޑޮކްޓަރު ދީފައިވާ ލިޔުމާއެކު، ލުއި ގޮތް ހޯދުމަށް ހުށަހަޅައިފިނަމަ 2 މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް މުވައްޒަފު އޮފީހަށް ޙާޟިރު ނުވާގޮތަށް ހަމަޖެއްސިދާނެއެވެ. އަދި މި
މުއްދަތަށްވުރެ
އިތުރަށް
ލުއިގޮތް
ބޭނުންވާނަމަ، މުއްދަތު ހަމަވުމުގެ 1 ހަފްތާކުރިން އިތުރު 2 މަސްދުވަސް ނުވަނަ އެއަށްވުރެ ކުރު މުއްދަތަކަށް ލުއި ގޮތް ހޯދުމަށް އެދި ޑޮކްޓަރުގެ ލިޔުމާއެކު ހުށަހެޅިދާނެއެވެ.



ލޯ-ރިސްކް ކެޓަގަރީގައި ހިމެނޭ މުވައްޒަފުންނާ މަޝްވަރާކުރުމަށްފަހު  މުވައްޒަފު އެދޭނަމަ، ލުއި ގޮތް ހަމަޖައްސައިދެވޭ މުއްދަތުގެ ތެރޭގައި ނުވަތަ އެ މުއްދަތުން ބައެއްގައި މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ މަސައްކަތް ކުރެވިދާނެއެވެ.



އަދި މި ކެޓަގަރީގައި ހިމެނޭ މުވައްޒަފަކަށް މުޅި ދުވަހު އެއްވެސް ބާވަތެއްގެ މަސައްކަތެއް ނުކޮށް ހުންނަން ޖެހޭ މިންވަރަށް ކުރިމަތިވާ އުނދަގޫތަކެއް ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާނަމަ، ރަސްމީ ވަގުތުގެ ތެރެއިން ގިނަވެގެން 1 ގަޑިއިރު ހުސްވަގުތުކޮޅެއް އެދޭނަމަ ހަމަޖައްސައިދެވިދާނެއެވެ. އަދި މި ހުސްވަގުތަކީ ސިވިލް
ސަރވިސްގެ ޤަވާޢިދުގެ
ދަށުން މުވައްޒަފުންނަށް ދެވޭ ހުސްވަގުތުކޮޅުގެ އިތުރުން ދެވޭ 1 ގަޑިއިރުގެ ހުސްވަގުތުކޮޅެކެވެ.



މި އުޞޫލުގެ ދަށުން ލުއިގޮތްތައް ހަމަޖައްސައިދޭ ދުވަސްތަކަށް އުޖޫރަ ދެވޭނެ ގޮތްތައްވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ހައިރިސް ކެޓަގަރީއަށް ފެތޭ މުވައްޒަފުންނަށް އެއްވެސް މަސައްކަތެއް