ޚަބަރު

ހަތަރު މަހަށްފަހު އައްޑޫ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލައިފި


ކޯވިޑް-19 ކޭސްތައް އިތުރުވަމުންދާތީ އައްޑޫ ސިޓީ މޮނިޓަރިންއަށް ލާފައި އޮންނަތާ ހަތަރު މަސް ދުވަހަށްފަހު މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑްގެ ހާލަތު ގޯސްވުމާއި، ގުޅިގެން މޮނިޓަރިންއަށްލާފައިވާ އައްޑޫ ސިޓީގެ މޮނިޓަރިން އުވާލާފައިވަނީ މިވަގުތު ހާލަތު ރަނގަޅުވުމާއި ގުޅިގެން ކަމަށެވެ. އައްޑޫ ސިޓީ އެންމެ ފަހުން މޮނިޓަރިންއަށް ލާފައިވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. މޮނިޓަރިންއާއެކު އައްޑޫސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށްވެސް ވަނީ ލުއި ދީފައެވެ.

އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ އެރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމުންނެވެ. ނަމަވެސް މިހާރު ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ ފަހަކަށްވުރެ ދަށުގައެވެ. އެންމެ ފަހުން އައްޑޫ ސިޓީން ނެގުނު 123 ސާޕްލަމްގެ ތެރެއިންވެސް ޕޮޒިޓިވް ވެފައިވަނީ 4 މީހުންނެވެ.

މިވަގުތު އައްޑޫ ސިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުންދަނީ 44 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނީ 4 މީހުންނެވެ. ކޯވިޑްގައި އައްޑޫ ސިޓީން މިހާތަނަށް 12 މީހަކު ވަނީ މަރުވެފައެވެ.

ކޯވިޑްގެ ކޭސްތައް ރާއްޖޭގައި މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. މިދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރަށް ވުމާއިއެކު އެއްރަށުން އަރެއް ރަށަށް ދަތުރު ކުރާ މީހުންވެސް ބަލިން ރައްކާތެރިވުމަށް ދީފައިވާ އިރުޝާދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.