ޚަބަރު

ޤާޒީ މަރިޔަމް ނިހާޔަތު މަޤާމުން އިސްތިޢުފާ ދެއްވައިފި


ސިވިލް ކޯޓުގެ ޤާޒީ މަރިޔަމް ނިހާޔަތު މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ. ނިހާޔަތު މިއަދު މަޤާމުން އިސްތިއުފާދެއްވިއިރު،  ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅިގެން އޭނާ ހުންނެވީ ސަސްޕެންޑު ކުރައްވާފައެވެ. ޖޭއެސްސީ އިން ނިހާޔަތު ސަސްޕެންޑްކުރެއްވީ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ.ނިހާޔަތު ސަސްޕެންޑު ކުރައްވާފައިވަނީ، ދަޢުވާކުރި ފަރާތް ޙާޞިރުނުވެގެން ބާޠިލްކުރި ގަޒިއްޔާއެއް ކުރިއަށް
ގެންދިޔަ ކަމަށް ބުނެ، އޭނާއާ ގުޅޭގޮތުން ހުށައެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.