ޚަބަރު

ކުލަލާން ހުރި ބިދޭސީއެއް ވެއްޓި މަރުވެއްޖެ


ތިލަފުށީގައި އިމާރާތްކުރުމުގެ މަސައްކަތެއްގައި އުޅުނު ބިދޭސީއަކު ވެއްޓި މަރުވެއްޖެއެވެ.

މި ބިދޭސީ މީހާ މަރުވީ އާނާ މަސައްކަތް ކުރުމަށް އަރާހުރި ޖުންގެއްގެ މަތިން ސިމެތި ފުރާޅެއްގެ މައްޗަށް ފުންމާލިތަނާ އެ ފުރާޅު ފަޅައިގެންގޮސް ބިންމައްޗަށް ވެއްޓިކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. މި މީހާ ކުލަލާން އަރާހުރީ ހަދަމުންދިޔަ އިމާރާތުގައި 30 ފޫޓް މަތީގައި ހުރި ޖުންގެއްގެ މައްޗަށެވެ.

އެތަނުން ފޭބުމަށް ފުންމާލި ވަގުތުި ސިމެންތި ފުރާޅު ފަޅައިގެންގޮސް މިމިހާ ވެއްޓި ކޮންކްރީޓް ޝީޓްގައި ޖެހި ބޮލަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށްވެއެވެ. މި މީހާ ވެއްޓިފައި އޮތްތަނުގައި ގިނަ އަދަދެއްގެ ލޭވެސް ހުއްޓެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ މި މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހެނދުނު 9:30 އެހާކަންހާއިރުއެވެ.