ޚަބަރު

އެމްޓީސީސީއަށް އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް ލިބިއްޖެ


އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް ލިބިއްޖެއެވެ.

ދި އެސޯސިއޭޝަން އޮފް ޗާރޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) އިން "އެޕްރޫވްޑް އެމްޕްލޯޔަރ" ސްޓޭޓަސް އެމްޓީސީސީއަށް އެވޯރޑު ކުރީ އޮކްޓޯބަރ 23 ވަނަ ދުވަހުއެވެ. އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި ސްޓޭޓަސް އެކުންފުންޏަށް އެވޯރޑުކޮށްފައިވަނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލްގައިކަމަށެވެ.

އޭ.ސީ.ސީ.އޭ ދަރިވަރުންނާއި، އެފިލިއޭޓުންނާއި އަދި މެންބަރުން ވަޒީފާތަކަށް ހޯދާ، ތަމްރީންކޮށް، ބޭތިއްބުމުގައި އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްކީމް މުހިއްމު ދައުރެއް އަދާކޮށްދެއެވެ. އެމް.ޓީ.ސީ.ސީއަށް އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް ލިބުމަކީ އެކުންފުނީގައި ވަޒީފާއަދާކުރާ އޭ.ސީ.ސީ.އޭ ދަރިވަރުންނާއި އެފިލިއޭޓުންނަށް ކުންފުނިން ފޯރުކޮށްދޭ ތަމްރީނާއި ކުރިއަށް ދިއުމަށް ހުރި ފުރުޞަތުތަކަކީ މަތީ ފެންވަރުގެ ތަމްރީންތަކެއްކަން ޔަޤީންކޮށްދޭ ކަމެއްކަމަށް އެމް.ޓީ.ސީ.ސީ ވިދާޅުވެފައިވެއެވެ.

މި ސްޓޭޓަސް ލިބިފައިވުމާއެކު، އެމް.ޓީ.ސީ.ސީގައި ވަޒީފާއަދާކުރާ އޭ.ސީ.ސީ.އޭ މެންބަރުންނަށް އޭ.ސީ.ސީ.އޭގެ ޕްރޮފެޝަނަލް ޑިވެލޮޕަމަންޓް (ސީޕީޑީ)ގެ ޝަރުތުތައް ފުރިހަމަވެގެންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ.