ޚަބަރު

ބްރިޖުގެ އަމަލީ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތު މިރޭ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް
ބްރިޖުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށާއި، ބްރިޖުގެ ފައިސާގެ އެހީގެ
އެގްރިމަންޓުގައި ސޮއިކުރެއްވުމަށް ބާއްވަވާ ޚާއްޞަ ރަސްމިއްޔާތު މިރޭ
ދަރުބާރުގޭގައި އޮންނާނެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް
ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން އިސްބޭފުޅެއްގެ
ގޮތުގައި ބައިވެރިވެޑައިގަންނަވާނީ، 
ޗައިނާގެ ވައިސް ކޮމާރސް މިނިސްޓަރ ގައު ޔަންގއެވެ. އަދި ބްރިޖުގެ މަސައްކަތް ހަވާލުކުރާ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުނީގެ އިސްބޭފުޅުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނަވާނެކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ. 
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުން ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް
ގާތްގުޅުން ރަމްޒުކޮށްދޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.ބްރިޖްގެ
ޢަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން، ކަނޑުއަޑީގެ
ޙާލަތު މޮނިޓަރކުރާ ސެންސަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ، ބްރިޖުގެ ކޮންޓްރެކްޓަރ ޗައިނާގެ ސީ.ސީ.ސީ.ސީ
ހާބަރ އިންޖިނިއަރިންގ ކުންފުންޏާއި ހައުސިންގ މިނިސްޓްރީ އާއި
އެމް.އެން.ޑީ.އެފުން ގުޅިގެނެވެ.



މީގެ
އިތުރުން، ބްރިޖުގެ ތަނބުތައް ޖެހުމުގެ ކުރިން ކަނޑުއަޑީގައި ނަގަންޖެހޭ މިންތައް
ނެގުމަށް ކުރަންޖެހޭ މަސައްކަތްވެސް މިހާރު ކުރިއަށް އެބަދެއެވެ.



ޗައިނާ
މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް
އަންނާނެއެވެ. މީގެތެރޭގައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ބައެއް
މަގުތަކުގައި ތާރު އެޅުންވެސް ހިމެނެއެވެ.