ޚަބަރު

އަލަށް ތަރައްޤީކުރަމުންދާ ބީޗް ސަރަޙައްދަށް ވަނުން މަނާ


މާލޭ ހުޅަނގު
ސަރަޙައްދުގައި ތަރައްޤީކުރަމުންދާ އާޓިފިޝަލް ބީޗް ސަރަޙައްދުގައި
މަސައްކަތްކުރަމުންދާ މާޙައުލުން ލިބިދާނެ ގެއްލުމަކަށްޓަކައި އެ ސަރަޙައްދަށް
އާއްމު ފަރާތްތަކުން ވަދެ އުޅުން މަނާކޮށްފިއެވެ.





އެ ސަރަޙައްދަކީ
މަސައްކަތް ހިނަގަމުންދާ ތަނަކަށްވެފައި، އަދި އާއްމުންގެ ސަލާމަތާއި
ރައްކާތެރިކަމާބެހޭ ނިޝާންތައް ޖަހައި އެތަނަށް ވަނުމަކީ މަނާކަމެއްކަން އަންގާފައިވީ ނަމަވެސް
އެސަރަޙައްދަށް އާއްމު ފަރާތްތަކުން ވަންނަމުންދާ ކަމަށް ހައުސިންގ މިނިސްޓްރީން
މައުލޫމާތުދެއްވައެވެ. އެތަނަކީ ބޮޑެތި ޓްރެކްޓަރާއި ވެހިކަލްތައް މަސައްކަތުގައި
ބޭނުންކުރުމާއި، މޫދު ސަރަޙައްދަށްވެފައި، ޚާއްޞަކޮށް ކުޑަކުދިން ގޮވައިގެން
ދިއުން ރައްކާތެރިތަނެއް ނޫނެވެ.



މާލޭ ހުޅަނގު
ސަރަޙައްދުގައި ހަދަމުންދާ އާ އާޓިފިޝަލް ބީޗް  އާއްމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ
އަންނަ މަހުގެ ތެރޭގައެވެ. އެތަން ނިމިގެންދާއިރު މާލޭގެ މަލަމައްޗަށް ވަރަށް
ބޮޑެތި ބަދަލެއް ފެނިގެންދާނެއެވެ.