ޚަބަރު

އެމްއެންޔޫގެ މެރިޓައިމް ސަރވައިވަލް ސެންޓަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއަށް


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެރިޓައިމް ސަރވައިވަލް ސެންޓަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތުގައި، ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފެވެ.

މެރިޓައިމް ސަރވައިވަލް ސެންޓަރު ހެދުމުގެ މަސައްކަތުގެ ދަށުން، ޝީޓް ޕައިލްކޮށްފައިވާ 1200 ކިޔުބިކް މީޓަރުގެ ލޭންޑް ފިލްކުރުމާއި، 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމާއި، 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރިޓް ގައު ޖެއްސުމާއި، 4.2 މީޓަރު ދިގު 6.4 މީޓަރު ފުޅާމިނުގެ ރޭންޕެއް ހެދުމުގެ މަސައްކަތާއި، ވައު އައްސާ މޫރިންގ ބޮލަރޑް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު ޖުމްލަ އަގަކީ 4.59 މިލިޔަން ރުފިޔާއެވެ. މި މަޝްރޫޢުގެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ހަމަޖެހިފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައިވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.